ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ފިރިހެން ބައިގެ ޗެމްޕިއަންކަން ޒީރު ސްޕޯޓްސް ކުލަބަށް
ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޒީރު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. ރޭ ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު ޒީރު ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިން ބީޗް ސިޓީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރޭ ކުޅުން ފައިނަލް މެޗުގައި ޒީރު ސްޕޯޓްސް ކުލަބްގައި ތަފާތު ދައްކާފައި ވަނީ ރާއްޖޭގައި މިވަގުތު ހުރި […]