ހދ. ވައިކަރަދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުކަރީ އެންޑް ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މި ކޯހަކީ ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޖުވޭސް ކުކަރީ ކުލާސް ގުޅިގެން ހަތް ދުވަހާއި ދިހަ ދުވަހާއި ދެމެދުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

Ad
rt

މި ކޯހުގައި ޕާޓީތަކަށް ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތާއި، ސިއްހީ ކާނާ ތައްޔާރުކުރާނެ ގޮތާއި، ގިނައިރު ކާބޯތަކެތި ހަލާކުނުވެ ބެހެއްޓޭނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަނގަޔަށް މީރު ޖީބައް ލުއި، ފަސޭހަކަމާއިއެކު ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތުގެ އިތުރުން ރަށުން ލިބެންހުންނަ ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކުރެވޭނެ ގިނަ ބާވަތްތަކުގެ ކާނާ ތައްޔާރު ކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ތަށިމަތި ޒީނަތްތެރި ކުރާނެ ގޮތް ވެސް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 21 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން 9814545 ނަމްބަރު ފޯނާ ގުޅުއްވައި ނަންނޯޓް ކުރެއްވުމަށް އެ ކޮމެޓީން އެދިލައްވައެވެ.

މި ކޯހުގެ ބައިވެރިންގެ އަތުން ނެގުމަށް ހަމަޖެހިފައި ވަނީ 500 (ފަސްސަތޭކަ) ރުފިޔާގެ ފީއެކެވެ.