ޖުވޭސް ކުކަރީ ކުލާހާއި ގުޅިގެން، ވައިކަރަދޫގައި ހިންގާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
ހދ. ވައިކަރަދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުކަރީ އެންޑް ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. މި ކޯހަކީ ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޖުވޭސް ކުކަރީ ކުލާސް ގުޅިގެން ހަތް ދުވަހާއި ދިހަ ދުވަހާއި ދެމެދުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯހުގައި ޕާޓީތަކަށް ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތާއި، ސިއްހީ ކާނާ ތައްޔާރުކުރާނެ ގޮތާއި، ގިނައިރު ކާބޯތަކެތި ހަލާކުނުވެ ބެހެއްޓޭނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވ...