މާލެތެރޭގައި މިނީ ބަހުގެ ޚިދުމަތ ފެށި ފުރަތަމަ ދުވަހު ނައިބުރައީސް ފައިސަލް ނަސީމް ވެސް ބަދް ދަތުރުކުރައްވައިފިއެވެ.
11 އަހަރަށް ފަހު މާލޭގައި މިނީ ބަހުގެ ޚިދމަތް ފެށީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ އާރްޓީއެލް ޕްރޮޖެކްޓުގެ ދަށުންނެވެ.
މާލޭގައި ބަސް ދުއްވާނެ ތިން ރޫޓެއް ކަނޑައަޅާފައި އޮންނައިރު، ނައިބުރައީސް މިއަދު ދަތުރުކުރެވީ އޯކިޑް ރޫޓުގެ ބަހުން ހިލާލީ ގެއިން ޖުމްހޫރީ މައިދާނާ ހަމައަށެވެ. އެމަނިކުފާނު ބަސް ދަތުރުކުރެއްވީވެސް އާންމުންނާއި އެކު އެއް ބަހަކުންނެވެ.
މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ހަފުތާ އަށް މާލޭގައި ބަހުގެ ހިދުމަތް ދޭނީ އެއްވެސް ފީއެއް ނުނަގަ އެވެ. އެއީ ޓްރަޔަލް ޕީރިއަޑުގެ ގޮތުގައެވެ. އޭގެ ފަހުން ކޮޅަކަށް 7ރ. ނަގާނެ އެވެ. އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުން އަދި ސްކޫލް ކުދިން ޔުނީފޯމުގައި އަބަދުވެސް ހިލޭ ދަތުރުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މާލޭގެ އެތެރޭގެ ބަސްތައް ތިން ރޫޓަކުން ދަތުރުކުރާއިރު ބަސް ދަތުރުތައް ފަށާާނީ ފަތިހު 5:45 ގައެވެ. އަދި ނިމޭނީ ރޭގަނޑު 12:15ގައެވެ. 15 މިނެޓުން 15 މިނެޓުން ބަސް ދަތުރުކުރާއިރު މުޅި މާލޭގައި 40 ބަސް ސްޓޮޕް ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!