ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "މޯލްޑިވްސް ސްވިމް ފޯ ޑައިބެޓިސް" ގެ ނަމުގައި ހއ. ފިއްލަދޫގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ފިއްލަދޫ ހެލްތު ސެންޓަރުން އިންތިޒާމްކޮށް، އެ ރަށުގެ މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތައް ގުޅިގެން ކުރިޔަށް ގެންދެވުނުމި ހަރަކާތްތަކުގައި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

Ad
rt

ފިއްލަދޫ ހެލްތުސެންޓަރުން މައުލޫމާތު ދެއްވާ ގޮތުގައި، އެ ހަކުރު ބައްޔަށް ހޭލުންތެރިކުރުމުގެ ގޮތުން، އެ ރަށުގައި ކުރިޔަށް ގެންދިޔައީ ފެތުމާއި ސްކްރީން ކުރުމުގެ ހަރަކާތެއްކަމަށެވެ.
މި ފަދަ ކޮންމެ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި، މުއައްސަސާތަކުގެ ވެރިންނާއި ސްޓާފުން އަދި އެހެނިހެން ފަރާތްތަކުން ދެއްވާ، ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމަށް އެ ހެލްތުސެންޓަރުން ވަނީ ޝުކުރު އަދާކޮށްފައެވެ.