ތިންވަނަ އަހަރީ ހެލްތު އެންޑް ފެމެލީ އެކްސްޕޯގެ ތެރެއިން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ (ކޭއާރުއެޗް) ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމަށް ރާވާފައިވާ ޕްލޭންތަކާއި، އެ ހޮސްޕިޓަލުގެ އުމްރާނީ ވަސީލަތްތަކަށް ގެންނަމުންދާ ކުރިއެރުންތައް ދައްކާލައިފިއެވެ.

މި އެކްސްޕޯގެ ތެރެއިން ހޮސްޕިޓަލުގެ ތަރައްޤީއާ ގުޅޭ މުހިންމު މައުލޫމާތުތައް ވަނީ އާންމުންނާ ހިއްސާކޮށްފައެވެ.

Ad
rt

މި އެކްސްޕޯގައި ހޮސްޕިޓަލުން ބައިވެރިކުރި ސްޓޯލްގެ ކަންކަން މައިގަނޑު ގޮތެއްގައި އިންތިޒާމުކޮށް ކުރިއަށްގެންދިޔައީ ކޭއާރުއެޗްގެ އެލައިޑް ހެލްތު ޕްރޮފެޝަނަލުންނެވެ. ސްޓޯލްގެ ތެރެއިން ހޮސްޕިޓަލުގެ އެކި ދާއިރާތަކުގެ މަސައްކަތްތައް ދައްކުވައިދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވުނެވެ.

އެގޮތުން ސްޓޯލްގެ ހަރަކާތްތަކުގައި ފިޒިއޮތެރަޕީ އާއި ލެބޯޓްރީ ޚިދުމަތްތަކާ ގުޅޭ ޓީމުތަކުން ބައިވެރިވިއެވެ. މީގެއިތުރުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޓީމުތައް ވެސް މި ހަރަކާތްތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވެއެވެ.

މި ޓީމުތަކުން އިސްނަގައިގެން އެކްސްޕޯގެ ތެރޭގައި އާންމުން ބައިވެރިވާ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެ ހަރަކާތްތަކަކީ އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރެވުނު ކަންކަމެވެ.

މި ހަރަކާތްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ތަފާތު އެކި އުމުރުފުރާތަކުގެ މީހުންނަށެވެ. އެގޮތުން އެކި އުމުރުގެ މީހުންނަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ހިންގި މި ހަރަކާތްތަކުގެ ތެރެއިން، އަމިއްލަ ސިއްޙަތަށް ދުރާލާ ރައްކާތެރިވުމާއި، ދިގު މުއްދަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ މުހިންމު މަސައްކަތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.