ހުން ގަދަވެގެން ހޯރަފުށީ ސިއްހީ މަރުކަޒަށް ފަރުވާ ހޯދަން ގެންދިޔަ ކުޑަ ކުއްޖަކަށް ފަރުވާ ނުދީ ''ރެސްޓް ކުރަން ކަމަށް ބުނެ'' ފަރުވާކުޑަކުރި ޑޮކްޓަރު ވަޒީފާއިން ވަކިކޮށް، ފޮނުވާލުމުގެ މަސައްކަތް ކުރަށްވަމުން އަންނަކަމަށް ހޯރަފުށީ ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

ދަރިފުޅު ހުން އައިސްގެން ޑޮކްޓަރަށް ދައްކަން ރޭ ދިޔަ ހޯރަފުށީ މީހެއް (ކުއްޖާގެ ބައްޕަ) ވަނީ ފޭސް ބުކްގައި އެކަން ހިނގާ ދިޔަ ގޮތް ބަޔާންކޮށް ލިޔެފައެވެ.

Ad
rt

އޭނާ ބުނެފައިވާ ގޮތުގައި ހުންގަދަވެފައިވާ އެއް އަހަރުގެ ދަރިފުޅާއިއެކު ދޮޅުގަޑިއިރު ކިޔުގައި މަޑުކުރުމަށް ފަހު ނަންބަރަށް ޖެހުމުން ޑޮކްޓަރު ކޮޓަރިން ދިން ޖަވާބަކީ "ޑޮކްޓަރ ރެސްޓް ކުރަން ނިދަނީ" ކަމަށް ކަމަށެވެ.

''ދެފަހަރު ޑޮކްޓަރަށް ގޮވާލުމުންވުސް ބުނީ ރެސްޓްކުރަނީ ކަމަށް، ހާލަތު ބަޔާކުރުމުންބުނީ އިތުރަށް ނުގޮވުމަށް، ނަރުސް ގޮސް ކުއްޖާގެ ހާލަތު ބުނުމުން ކުރިއަށްވުރެ ގަދައަށް ނިދާލަން ހަމަޖެހިލި'' އޭނާގެ ޕޯސްޓްގައި ބުނެފަވެއެވެ.

''ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުރި ފަރާތުން އެދުމުން ވެސް ކުރީ އިންކާރު، އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް މީހަކަށް ބަލިމީހަކު ނުބެލޭނެ'' އޭނާ އިތުރަށް ބުނެފަވެއެވެ.

މި ހާދިސާއާއި ގުޅިގެން ހޯރަފުށީ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހީމް ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، އެ ޑޮކްޓަރު އެ މަރުކަޒުގެ ޚިދުމަތާ ގުޅިގެން މިވީ ދެމަހެއްހާ ދުވަސްތެރޭގައި އޭނާގެ ފަރާތުން ފަރުވާކުޑަކަން ފާހަގަވެގެން އަނގަބަހުންނާއި އަދި ލިޔުމުން ވެސް ފުރަތަމަ ނަސޭހަތް ދީފަ ވާނެކަމަށެވެ.

''ރައްޔިތުންނަށް ޚިދުމަތްނުދޭ ޑޮކްޓަރެއް ބަހައްޓަން އަޅުގަނޑުމެން ވެސް ބޭނުމެއް ނޫން، އޭނާ ފޮނުވާލުމުގެ މަސައްކަތް މިހާރު މިކުރަނ،ީ އޭނާ ޓާމިނޭޓް ކުރުމުގެ މަސައްކަތް މި ކުރަނީ'' އޭނާ ވިދާޅުވިއެވެ.

އެ ޑޮކްޓަރަކީ ނައިޖީރިއާއަށް ނިސްބަތްވާ މީހެކެވެ.