ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ދެރަށަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ނައިބް ރައީސްގެ މިދަތުރުގައި ހދ. އަތޮޅުވަން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި ސިޓީ އާއި އެއަތޮޅު ނޮޅިވަރަމަށެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މި ރަސްމީ ދަތުރުފުޅަކީ ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓަރގެ ދައުވަތަށް، އިންޓަރނޭޝަނަލް ޔޫތުޑޭ ފާހަގަކުރުމަށް ކުރައްވާ ދަތުރެއްކަމަށެވެ. އެކައުންސިލާއި ޔޫއެން އިން ރާވާފައިވާ ބައެއް ހަރަކާތްތަކުގައި ނައިބް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ނައިބް ރައީސް ކުޅުދުއްފުޓަށް ވަޑައިގަންވަން ހަމަޖެހިފައިވަނީ ހެނދުނުގެ ވަގުތެއްގަ އެވެ. އެންމެ ފުރަތަމަ އިންޓަރނޭޝަނަލް ޔޫތުޑޭ އާއި ގުޅޭ ވީޑިއޯ ލޯންޗޮކޮށްދެއްވާނެއެވެ. މިރަސްމިއްޔާތު އޮންނާނީ އެންއޯސީ ހޯލްގަ އެވެ. އެއަށްފަހު މެންދުރު 01:30 ގައި ޖަލާލުއްދީން ސުކޫލް ހޯލުގައި ކުރިއަށްދާ ސަގާފީ މައުރަޒު ހުޅުވައިދެއްވާނެ އެވެ.
ހދ. ނޮޅިވަރަމަށް ކުރައްވާ ޒިޔާރަތުގައި އެރަށު ކައުންސިލަރުންނާއި، އިދާރާތަކާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!