ހއ. ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން ކުރިއަށްގެންދިޔަ "ފަތަން ދަސްކުރަމާ 2022" ކާމިޔާބުކަމާއިއެކު ނިންމާލައިފި އެވެ.

މިއަހަރަގެ ޕްރޮގުރާމަކީ ދިއްދޫގައި މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު ހަރަކާތެވެ. 244 ކުދިންނަށް މިހަރަކާތުގައި ވަނީ ބައިވެރި ވެފައެވެ.

Ad
rt

ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން މަޢުލޫމާތު ދެއްވިގޮތުގައި މި ހަރަކާތް ކުރިއަށް ގެންދެވުނީ 20 ދުވަހަށެވެ. 244 ކުދިން ބައިވެރިވެފައިވާރު އެކަށީގެންވާ ވަރަށް ހާޒިރުނުވެގެން 31 ކުދިންވަނީ ވަކިވެފަ އެވެ. 176 ކުދިން މިހަރަކާތުން ފާސްވެފައިވާއިރު ފެއިލްވެފައިވަނީ 37 ކުއްޖެކެވެ.

މިހަރާތުގައި ހާއްސަ އެހީއަށް ބޭނުންވާ 11 ކުއްޖަކުވެސް ވަނީ ބައިވެރިވެފައެވެ.

މިހަރަކާތް ނިންމުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮސް އެރަށުގައި ފާހަގަކޮށްފައިވާއިރު ބައިވެރިވިކުދިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާއިރު އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށްފައިވެއެވެ.

ދިއްދޫގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި ތިން ޢުމުރުފުރައަކުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

އެގޮތުން 8 އަހަރާއި 14 އަހަރާއި ދެމެދުގެ ޢުމުރުފުރައާއި، 18 އަހަރުން މަތީގެ ޢުމުރުފައިގެ އިތުރުން ހިމެނެނީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވި އެވެ.

ހެނދުނާއި ހަވީރު ކުރިޔަށްދިޔަ މި ޕްރޮގްރާމްގައި ކޮންމެ ބައިވެރިއަކަށްވެސް ދުވާލަކު އެއް ގަޑިއިރުގެ ސެޝަނެއް ފަތަން ދަސްކޮށްދިނުމުގެ ސެޓިފިކެޓް ލިބިލައްވާފައިވާ އިނިސްޓްރަކްޓަރުން ނަގައިދީފައިވެއެވެ.

މިއީ ހއ. ދިއްދޫ މިޑްލްސްޕޯޓްސް ކުލަބުން އިސްނަގައިގެން ދިއްދޫ ކައުންސިލާއި، ދިއްދޫ ޕޮލިސް ސްޓޭޝަނުގެ އިތުރުން ސްވިމިންގ އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް ގުޅިގެން ހިންގި ޙަރަކާތެއް ކަމަށް މިޑްލް ސްޕޯޓްސް ކްލަބުން ހާމަކުރެއެވެ.