ހއ.ކެލާ ހުކުރު މިސްކިތުގައި ލަކުޑިން ހަދާފައިވާ ބައި މަރާމާތު ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފްކުރުމަށްފަހު 04 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހު 13:00 އަށް އެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެފަރާތުގެ އިޢުލާނުގައި ވަނީބުނެފައެވެ.
މީގެ އިތުރުން މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް ، ފަރުދީ ވިޔަފާރި ، ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެފަރާތުން ބުނެފައިވެއެވެ.
މަސައްކަތުގެ މަޢުލޫމާތު ޝީޓް ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށް ކައުންސިލުގެ އިޢުލާނުގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!