ހދ ނޮޅިވަރަންފަރުގައި ޤަވާއިދާއި ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުނެފިއެވެ.
ނޮޅިވަރަންފަރު ކައުންސިލުން އޮކްޓޫބަރ 28 ވަނަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ނޮޅިވަރަމްފަރު ޕޮލިސް ސްޓޭޝަން އާއި ގުޅިގެން ކުރިޔަށް ގެންދާކަމަށް ކަމަށެވެ. އަދި ޤަވާއިދާއި ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ނޮޅިވަރަންފަރުގައި އުޅެމުންދާކަމަށްވެސް އެޓްވީޓްގައި ބުނެފައި ވެއެވެ.
Rashugai ulhey bidheyseenge dhaftharu ekulavaalumah, nolhivaranfaru police station ai council ulhogen bidheyseen registry kurumuge masakkathuge therein.
Gavaidha khilaafah Gina adhadhegge bidheyseen nolhivaranfarugai ulhey. pic.twitter.com/7VO7yRUqhu— Secretariat of Nolhivaranfaru Council (@OfSecretariat) October 28, 2019
150 އެއްހާ ބީދޭސީން އުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށް ނޮޅިވަރަން ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމް މަޢުލޫމާތު ދެއްވިއެވެ. ސަރުކާރުގެ ހައުސިން ޔުނިޓު ތަކުގެ މަސްރޫޢުތައް ހިންގުމުގައި ގިނަ ބިދޭސީން ހަރަކާތްތެރިވާއިރު އަމިއްލަ ފަރާތަކުންވެސް ބިދޭސީން ގެން ގުޅޭ ކަމަށް މި ނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި މީގެ ތެރޭގައި ޤަވާއިދާއި ހިލާފަށް އުޅޭ ގިނަ މީހުންނަކީ އަމިއްލަ ފަރާތަކުން ގެންގުޅޭ ބިދޭސީން ކަމަށް އެރަށުން ވާހަކަ ދެއްކި ބޭފުޅަކު މަޢުލޫމާތު ދެއްވިއެވެ.
ނޮޅިވަރަންފަރަކީ މިހާރު ހދ ކުނބުރުދޫ އަދި ހދ މާވައިދޫ މީހުން ބަދަލުކޮށްފައިވާ ބިން ބޮޑު ރަށެކެވެ. ގާތް ގަނޑަކަށް 1930 ހާ މީހުން ދިރިއުޅޭ ނޮޅިވަރަންފަރަކީ ކޮންސްޓަރަކްޝަން މަސައްކަތާއި ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!