ހދ.ހިރިމަރަދޫ ކުލަބް ޑޮމިނޭޓާރސް އިން އިންތިޒާމް ކޮށްގެން ބާއްވާ "ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022" ގެ ފައިނަލުން ހަރިކޭންއާއި ޓީމް ޔެޓީ ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލުން ހަރިކޭން ޖާގަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު 9 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. މުބާރާތުގެ ފައިނަލުން ޓީމް ޔެޓީ ޖާގަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ލިބުނު 6 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދައިގެންނެވެ.
މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޓީމް ޔެޓީ، އެފްސީ ހިރި، ޓީމް ރޯޔަލްގެ އިތުރުން ހަރިކޭންއެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ 24 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ ހަވީރު ހިރިމަރަދޫ ފުޓްސަލް ދަނޑުގައެވެ.
ކުލަބް ޑޮމިނޭޓާރސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި މޮޅެތި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމާއި އެ ރަށުގެ ޒުވާނުން ދުޅަހެޔޮކަން އިތުރުކޮށް، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!