ށ.ނަރުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022" މި މަހުގެ 22 ވާ ހުކުރު ދުވަހު ފެށުމަށް އެ ކައުންސިލުން ތައްޔާރު ވެއްޖެއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ނަރުދޫގައި ފުޓްސަލް ކުރިއެރުވުމާއި އެ ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު ތަރައްޤީކޮށް ކުރިއެރުވުމެވެ.

Ad
rt

މި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ފިއުރިއަސް، އަމިގޯސް، ބްލެކް ކޯނާ އެފްސީ، އެފްސީ ސީނިއާ، އެފްސީ ދޯކާގެ އިތުރުން ލެއިޓް ވޯލްސްއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ރާވާފައި ވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަލަށް ބަހާލުމަށް ފަހު ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ސެމީގެ ޖާގަ ލިބޭ ގޮތަށެވެ. އެއަށްފަހު ސެމީ ފައިނަލް ދެ މެޗުން މޮޅުވާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ.

މި މުބާރާތާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަ ދައްކަވަމުން ނަރުދޫ ކައުންސިލް އޮފިސަރ މާހިރު ވިދާޅުވެފައި ވަނީ މި މުބާރާތަކީ މީގެ އަހަރުތަކެއް ކުރިން އެ ރަށުގައި ބާއްވަމުން އައިސްފައިވާ ފުޓްބޯޅަ މުބާރާތެއް ކަމަށެވެ. މި އަހަރު ފުޓްސަލް މުބާރާތަކަށް ބަދަލު ކޮށްފައިވަނީ މިވަގުތު އެ ރަށުގެ ފުޓްބޯޅަ ދަނޑު މުބާރާތް ބޭއްވޭ ހާލަތުގައި ނެތުމުން ކަމަށެވެ.

އަހަރުތަކެއްވީ މި މުބާރާތަކީ އަތޮޅުތެރެއިންނާއި ދުރު ހިސާބުތަކުން މޮޅެތި ކުޅުންތެރިން ބައިވެރިވާ ފޯރިގަދަ މުބާރާތެއް ކަމަށެވެ.