ހއ. ހޯރަފުށި މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ސަބްބޭސް މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފަށާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

Ad
rt

މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ އޭބީސީއާއި އެސްފޯލްޓު މެޓީރިއަލް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.

މި މަޝްރޫއުގެ ދަށުން، 5.3 ކިލޯމީޓަރު ދިގު މިނުގެ 11 މަގެއް ހަދާނެއެވެ. އަދި، 25،909 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ޤާއިމު ކުރުމާއި، 11،114 އަކަ މީޓަރުގެ ޕޭވްމަންޓް ވެސް ހަދާނެއެވެ.

މީގެ އިތުރުން ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.