އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް ހއ އަތޮޅުގައި ފަށަން އިޢުލާނު ކޮށްފިއެވެ.
ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް ޔުނިވާސިޓީގެ ރެޖިސްޓްރަރ އަހުމަދު ރައޫފް ވިދާޅުވީ ތިލަދުންމަތީގެ އެންމެ އުތުރުން ހއ އަތޮޅުގައި އިސްލާމިކް ޔުނިވާސިޓީގެ ކޯސްތައް މި ހުޅުވާލީ މުޅިން އަލަށް ކަމަށެވެ.
އެގޮތުން މިވަގުތު ކޯސްތަކުން ފުރުޞަތު ހުޅުވާލާފައިވަނީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދުއާއި ހޯރަފުށީގައެވެ.
އެހެންނަމަވެސް މި ފެށޭ ސެމިސްޓަރގައި ހއ ދިއްދޫގައި ވެސް ޔޫއެމްގެ ކޯސްތައް ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރައޫފް ވިދާޅުވިއެވެ.
މި ދެ ރަށުގައި ތިބެގެން ކިޔަވަން ބޭނުންވާ ފަރާތްތަކަށާއި އެހެން ރަށްރަށުން އަންނަ ދަރިވަރުންނަށްވެސް ފަސޭހަވާނެހެން ގަޑިތަކާއި ކިޔެވުމުގެ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށްވެސް އާއި ޔޫއެމްގެ ރެޖިސްޓްރަރ ވިދާޅުވިއެވެ.
މީގެ އިތުރުން އަތޮޅު ތެރޭގައި ދައުލަތުގެ ފެރީ ނިޒާމް ކަމަށްވާ އާރުޓީއެލްގެ ޚިދުމަތް މިހާރު ފެށިފައި ވުމުން ކްލާސްތައް ހަމަޖެއްސުމަށް ދަތުރުފަތުރުގެ ނިޒާމަށް ވެސް ރިޢާޔަތް ކުރައްވާނެކަން ރައޫފް ފާހަގަ ކުރެއްވިއެވެ.
އިސްލާމިކް ޔުނިވާސިޓީގެ ކޯސްތަކުން ހއ އިހަވަންދޫއާއި ހޯރަފުށީގައި ކުރިޔަށް ގެންދާ ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު ކައުންސިލު ތަކުގެ މީސްމީޑިޔާ މަންސަތަކާއި އައިޔޫއެމްގެ ރަސްމީ ވެބްސައިޓްގައިވެސް މިހާރު ވަނީ މި ކޯސްތަކުގެ މަޢުލޫމާތު ޢާއްމުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!