ހއ ބާރަށުގައި ޢީދު ފާހަގަ ކުރަން މިރޭ ފަށާއިރު ޢީދު ނިމެންދެން ފަހަރަކު ޙަރަކާތެއް ކުރިޔަށް ގެންދާނެ ކަމަށް އެރަށުން ހާމަކޮށްފިއެވެ.
ބާރަށު ޒުވާނުންގެ ފަރާތުން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ބާރަށު ލަޔަންސް ސްޕޯޓްސް ކުލަބުން އިސްކޮށް ޙަރަކާތްތެރިވާ ޙަސަން މީސާގު ވިދާޅުވީ މިފަހަރު ބާރަށުގައި ޢީދު ފާހަގަ ކުރަނީ ބާރަށު ޒުވާނުންގެ ދިރުމުގެ އިތުރުން އެލަޔަންސް ސުޕޯރޓުސް ކްލަބާއި ބާރަށުގެ ޒުވާނުން ގުޅިގެން ކަމަށެވެ. މި ހުރިހާކަމެއް މިހާ ފުރިހަމައަށް އިންތިޒާމް ކޮށްގެން މި ގެންދެވެނީ ބާރަށު ކައުންސިލުގެވެސް ފުރިހަމަ އެއްބާރުލުން ލިބިގެންކަން މީސާގު ފާހަގަ ކުރެއްވިއެވެ.
މީސާގު ވިދާޅުވީ މިރޭ 0815 ގަ ވެދުމާ ދިޔުމުން ޢީދު ކުޅިވަރުތައް ފެށިގެން ދާއިރު މިއީ އިހުގެ ރަސްރަސްކަލުންގެ އަރިހުން ޢީދު ކުޅިވަރު ތަކަށް ރަސްމީކޮށް ހުއްދަ ހޯދުމަށް ގެންދާ ޙަރަކާތެއް ކަމަށެވެ.
މާދަމާ ޢީދު ދުވަސް ފެށިގެންދާނީ ޢީދު ނަމާދަށްފަހު ޢީދު ސަޔާއެކު ބަލި އެނދުގަ ތިބި މީހުން ޢީދު ކުޅިވަރު ތަކުގައި ބައިވެރި ކުރަން ހިންގާ ޙަރަކާތަކުންކަމަށް މީސާގު ވިދާޅުވިއެވެ. މި ޙަރަކާތުގެ ތެރެއިން ބަލި އެނދުގަ ތިބި މީހުންނަށް ޚާއްސަ ޢީދު ހަދިޔާއެއް ދިނުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން ދިގުމަގު ޙަރަކާތުގެ ތެރެއިން ދަނޑިއާއި ތާރަ ޖެހުމާއި ޢީދު ޝޯވް ވެސް އޮންނާނެ އެވެ.
އަނެއް ދުވަހުގެ ހެދުނު ބޮޑު ފޮއި ކުޅުމާ ކޯޑި ކުޅުމުން ދުވަސް ފެށި ނަމަވެސް ހަވީރު 4 އާ ހަމައަށް ކުޅުން ކުރިއަށް ދާނެއެވެ. ރޭގަނޑު އޮންނަނީ ކޯޑި ކެނޑުމެވެ.
މީގެ އިތުރުންވެސް ޢީދުގެ ޙަރަކާތްތަކުގެ ތެރެއިން ފެންކުޅިއާ ބާރަށުގައި އަލަށް ނެރޭ މަށިމާއްޔާއި ބައިބަލާ މުބާރާތާއި މަސް ރޭހާއި ތިންމުގޯއްޔާއި އަންހެނުން ބަށިމެޗެއް ގައި ފިރިހެނުން ވާދަކުރުމާއި ބައިސްކަލު މުބާރާތާއި ކުޑަކުދިންގެ ހަވީރުވެސް ބާރަށުގައި އޮންނާނެއެވެ.
ޢީދު ނިންމާލަން ހަމަޖެހިފައި ވަނީ ރާއްޖޭގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ބައިވެރިވާ ފޯރިގަދަ ޙަރަކާތަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!