މޮޅަދޫގައި މިފަހަރު ޢީދު ފޯރި މާ ގަދަވާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން މޮޅަދޫ ކައުންސިލުގެ ރައީސް މުޙައްމަދު ސިނާދު ވިދާޅުވީ އެހެން އަހަރު ތަކާ ޚިލާފަށް މިއަހަރުގެ ޢީދު ފޯރި މޮޅަދޫގައި މާ ގަދަވާނެ ކަމަށެވެ.

Ad
rt

އެގޮތުން ޢީދުގެ ފޯރި ގަދަ ކުރުމަށް ކުރިޔަށް ގެންދާ ޢީދު ކާނިވަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކިއެކި ހަރަކާތްތައް އަމިއްލަގޮތުން ކުރިއަށް ގެންދިއުމަށް އަގު ހުށަހެޅުއްވި ފަރާތްތަކާއިއެކު މިހާރު އެއްބަސްވުމުގައި ސޮއި ކުރެވިފައި ވާކަމަށް މުޅަދޫ ކައުންސިލުން ވިދާޅުވިއެވެ.

މިއަހަރު މޮޅަދޫގައި ކުރިޔަށް ގެންދާ ޢީދު ކުޅިވަރު ތަކުގެ ތެރޭގައި ވަރަށް ޚާއްޞަ ބިރުވެރި ހޮހޮޅައެއް ހިމެނެއެވެ.

މީގެއިތުރުން އެނބުރޭ އުނދޯއްޔާއި ވަރަށް ޚާއްސަ ކުޅިވަރު ތަކާއެކު ކުރިޔަށް ގެންދާ ޢީދު ކާނިވާ މިފަހަރުގެ ޢީދުގައި މޮޅަދޫން ތަޖުރިބާ ކޮށްލެވޭނެއެވެ.

މޮޅަދޫ ކައުންސިލުގެ ރައީސް މުޙައްމަދު ސިނާދު ވިދާޅުވީ ޢީދު ހުޅު ޖެހުމާއި ޢީދު ވެދުމާ ހިނގުމުގެ އިތުރުން ފިރިހެނުންގެ ޚާއްޞަ މަގުމަތީ ކުޅިވަރު ތަކާއި ދެ ޖިންސުގެ މާލި ޕެރޭޑާއި ކުޑަކުދިންގެ ހަވީރު ވެސް މިއަހަރު ޚާއްޞަވާނެ ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގެ ތެރެއިން ވެސް ބޮޑު ރަށެއްގެ ގޮތުގައި ބަލާ މޮޅަދުއަކީ ހއ އަތޮޅުގެ ނިސްބަތުން އާބާދީ އެންމެ ކުޑަ ރަށެވެ. އެ ރަށުގެ އާބާދީ އަކީ ގާތްގަނޑަކަށް ހަތަރު ސަތޭކައެވެ.