ކޮތަރުކޮށި ޖަމިއްޔާއިން "ދީފަ އަތުލި ފްލެޓް ދަފްތަރު" ގެ ނަމުގައި ދަފްތަރެއް އެކުލަވާލަން ފަށައިފި އެވެ.

އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާ ނުވަތަ ކޮތަރުކޮށި ޖަމިއްޔާއިން ބުނީ ދީފަ އަތުލި ފްލެޓް ދަފްތަރަކީ ‏ކުރީ ސަރުކާރުގައި ފްލެޓު ލިބި މިސަރުކާރުން އަތުލި މީހުންގެ މަޢުލޫމާތު އެއް ކުރުމަށް ހަދާ ދަފްތަރެއް ކަމަށެވެ.

Ad
rt

މި ދަފްތަރުގެ ބޭނުމަކީ ކުރިން ފްލެޓް ލިބި ފަހުން ނުލިބުނު ފަރާތްތައް އެއްތަންކޮށް އެކުއެކީ އެ ފްލެޓުތަކަށް ވަކާލާތު ކުރަން ފެށުން ކަމަށާއި އެހެން ކަމުން ކުރިން ފްލެޓު ލިބި ފަހުން ގެއްލުން އެންމެން ވީހާވެސް އަވަހަށް އޮންލައިންކޮށް ފޯމް ފުރިހަމަ ކުރުމަށް އެ ޖަމިއްޔާއިން އިލްތިމާސް ކޮށްފައިވެއެވެ.

އެ ޖަމިއްޔާއިން ބުނީ‏ ދީފާ އަތުލި ފްލެޓު ދަފްތަރު ފޯމު 1،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ފުރާފައިވާކަމަށާއި ފުރަތަމަ 12 ގަޑިއިރު ތެރޭގައި މިހާ ގިނަ އަދަދެއްގެ މީހުން މިހާ އަވަހަށް ފޯމު ފުރުމުންވެސް އެކި ސަބަބުތަކާއި ހެދި ދީފައި ހުރި ފްލެޓުތައް އަތުލި މީހުންގެ ދިރިއުޅުމުގެ ހާލަތު އެނގޭ ކަމަށެވެ.

‏ސަރުކާރުގެ ސިޔާސަތު ތަކަށް ގެނައި ބަދަލުތަކެއް ހަމަޖައްސަން އާންމު އެތައް ހާސް ބަޔަކަށް ލިބިފައިހުރި ބޯހިޔާވަހިކަމެއް ނިގުޅައިގަތުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައި ކޮތަރުކޮށި ޖަމިއްޔާއިން ވަނީ ބުނެފައެވެ.