"ބްރެއިން އައުޓް ޑޯ ޖިމް" އެއް ހިމެނޭހެން ރާއްޖޭގެ އެންމެ ބޮޑު "ރީޑިންގ ޕާކް" ރ. އުނގޫފާރު ސްކޫލްގައި ހުޅުވައިފިއެވެ.

އުނގޫފާރު ސްކޫލުގައި މި ރީޑިންގ ޕާކު ހުޅުވާފައި ވަނީ ޖޯލި މޯލްޑިވްސްގެ އެހީތެރި ކަމާއެކުގައެވެ.

Ad
rt

ގާތްގަޑަކަށް ފަނަރަހާސް އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި އުނގޫފާރު ސްކޫލްގައި އަލަށް މި ޤާއިމު ކުރެވުނު ރީޑިންގ ޕާކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން އެކުދިންގެ އުނގެނުމަށް ބޭނުންވާ ވަޞީލަތްތަކާއެކު " ޒޮންޑޯ ޒޯން" ކިޔާ އައުޑް ޑޯ ކުލާސް ރޫމެއްވެސް ވަނީ ތަރައްޤީ ކޮށްފައެވެ.

އުނގޫފާރު ސްކޫލުގެ ބްރެއިން އައުޓް ޑޯ ޖިމްގެ ސަބަބުން ފޮތާ ނުލައި ދަރިވަރުންގެ ވިސްނުން ތަރައްގީ ކުރެވޭ ގޮތަށް ބައްޓަން ކޮށްފައިވާއިރު މި ޖިމުން، ސިނކުޑިއަށް ތާޒާކަން ގެނުވައިދޭ ޚާއްޞަ ކުޅިވަރުތައް ކަމަށްވާ ރާޒުވާ، ޕަޒުލް، ރުބިކްސް ކިއުބު، ލުޑޯގެ އިތުރުން ސްކްރަބްލް ފަދަ ގޭމްތައް ކުޅެވޭނެއެވެ.

ޕޮޓޯ: މަންނި ޕޮޓޯގުރަފީ

މި ޕާކަކީ ޖޯލި މޯލްޑިވްސްއިން ވިހި ހާސް ޑޮލަރު ޚަރަދު ކޮށްގެން އުނގޫފާރު ސްކޫލުގައި ތަރައްޤީ ކޮށްފައިވާ ރީޑިންގ ޕާކެކެވެ.

ޖޯލި މޯލްޑިވްސް އަކީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީއާއި ސަސްޓެއިނަބިލިޓީއަށް ވަރަށް ބޮޑަށް ތާއީދުކުރާ ބައެއް ކަމަށް އެފަރާތުން ބުނެ އެވެ.

ޕޮޓޯ: މަންނި ޕޮޓޯގުރަފީ

މީގެ ކުރިންވެސް އެ ރިސޯޓުގެ މެނޭޖްމެންޓް އިން ވަނީ ރ އަތޮޅުގެ ބައެއް ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައިވެސް ރ ދުވާފަރު ކައުންސިލަށް 30،000 ޑޮލަރާއި 8 މީހުންގެ ޖާގައިގެ 2 ބަގީ (14،900 ޑޮލަރުގެ އަގު) ހަދިޔާ ކޮށްފަ އެވެ.

ޕޮޓޯ: މަންނި ޕޮޓޯގުރަފީ

އެރިސޯޓުން ބުނީ ރ އަތޮޅުގެ ލޯކަލް ކޮމިއުނިޓީތަކަށް އެހީތެރިވުމަށް ޝައުގުވެރިކަމާއި ޚިދުމަތްތެރިކަމާއެކު މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ޕޮޓޯ: މަންނި ޕޮޓޯގުރަފީ