ބަންގުލަދޭޝް މީހަކު އޭނާގެ އަމިއްލަ ޖިންސީ ގުނަވަން ބުރިކުރަން އުޅުނީ، އަންހެނަކާ ޖެހުނު މައްސަލައެއްގައި އަމިއްލައަށް މަރުވާންކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ.

އިއްޔެ މިކަން ހިނގާފައިވަނީ ހުޅުމާލޭގައި އެމީހާ ދިރިއުޅޭ އެޕާރޓްމަންޓް ތެރޭގަ އެވެ.

Ad
rt

މީސް މީޑިޔާގައި އާންމު ވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އޭނާ ނެރެގެން ޓްރީޓޮޕްގެ އެންބިއުލާންސް އެއްގައި ގެންގޮސްފައިވަނީ ގިނަ އަދަދެއްގެ ޓްރެފިކް ޕޮލިހުންނާއި ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. އެތަނުން އޭނާ ނެރެގެން ގެންދިޔަ އިރުވަނީ ހަބަރު ހުސްވެފަ އެވެ. އެމީހާ ހުދުފޮތިގަނޑަކުން ނިވާކޮށްފައިވާއިރު ފޮތިގަނޑުގައި ލޭ ހުރިކަން ފާހަގަ ކުރެވެއެވެ.

އޭނާ ނެރެގެން ގެންދިޔަ މަންޒަރު ފެނުނު މީހަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އޭނާ ނެރުނުއިރު އޮތީ ބޮކްސާރ އެއް ލައިގެން ހުސްގަޔާ ކަމަށެވެ. އެސަރަހައްދުގައި ދެކެވުނު ބައެއް ވާހަކަތަކާއި ހަވާލާދީ އެމީހާ ބުނީ އޭނާގެ ޖިންސީ ގުނަވަން އެކީ ބުރިނުވާކަމަށާއި ނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށެވެ.

އަމިއްލަ ޖިންސީ ގުނަވަން ބުރިކުރަން އުޅުނީ ޒުވާން އުމުރުފުރާގެ މީހެކެވެ. އެމީހާއަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން އަދި މަޢުލޫމާތެއް ހާމައެއް ނުކުރެއެވެ.

އަމިއްލައަށް ޖިންސީ ގުނަވަން ބުރިކޮށްލުމަކީ މަރުވެދާނެ ހާލަތެކެވެ.