އަހަރެމެން ނިދިން ހޭލަނީ ގެނބިދާނެ ކަމުގެ ބިރުވެރިކަން އިޙްސާސް ކުރާ ޙާލުގައި ކަމަށް އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ.ގެ ޢާއްމު މަޖިލީހުގެ ރަސްމީ ޓްވިޓަރ ހޭންޑްލްގައި މިއަދު ޢާންމު ކުރެއްވި ވީޑިއޯ އެއްގައި އދ ގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ ދިވެހިރާއްޖެ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ރައްޔިތުން ނިދިން ހޭލަނީ ގެނބިދާނެ ކަމުގެ ބިރުވެރިކަން އިޙްސާސް ކުރާ ޙާލުގައި ކަމަށާއި ނިދަން އޮށޯންނަނީވެސް އެ ބިރުވެރި ކަމުގެ ތެރޭގައި ކަމަށެވެ.

Ad
rt

ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ ދިވެހިރާއްޖަފަދަ ކުދި ޖަޒީރާ ގައުމުތަކުން މޫސުމަށް އަންނަ ބަދަލު ތަކުގައި ޙިއްޞާ ނުވި ނަމަވެސް އޭގެ ސަބަބުން ކުރާ އަސަރު ތަކުގެ ގެއްލުން އެންމެ ބޮޑަށް އިޙްސާސް ކުރަން ޖެހޭ ކަމަށެވެ.

އެހެނެއްކަމަކު ރައްކާތެރިކަން ހޯދުމަށް އަރާނެ އުސް ބިންތައް ނުހުންނަ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލު ތަކާއި ގުޅިގެން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ގެންދަވަނީ ދުނިޔޭގެ ސަމާލުކަމަށް މި މައްސަލަ ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.