ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ހއ. އަތޮޅުގެ ލޯންޗް ޕެރީގެ ހިދުމަތް މިއަދު ހެނދުނު ރަސްމީކޮށް ފަށައިފިއެވެ.

ހއ. ގެ ދަތުރުތައް މިއަދު ފަށާފައި ވަނީ ހއ. ތުރާކުނުން ފަތިހު 05:45 ގައެވެ.

Ad
rt

މި ދަތުރުތަކުގައި ބޭނުން ކުރާ ލޯންޗުތައް އިއްޔެ ވަނީ މާލެއިން ހއ. އަތޮޅަށް އައިސްފައެވެ.

މި މަހު ހދ. އަތޮޅިގެ ފެރީގެ ހިދުމަތް ވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ފަށައިފައެވެ.

މި ހިދުމަތް ހއ. އަތޮޅުގައި ފެށުމުން ހުރިހާ ރަށެއް ފެރީގެ ނިޒާމުން ގުޅާލެވޭނެއެވެ. އަދި ހެޔޮ އަގުގައި ދަތުރު ކުރެވޭނެއެވެ.

މި ލޯންޗް ފެރީތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ދަތުރު ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ލޯންޗުތަކެކެވެ. އާރުޓީއެލް ފެރީތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަ ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ.

ހއ. އަދި ހދ. އަތޮޅުގެ ދަތުރުތައް މިހާރު ފަށާފައި ވާއިރު ށ އަތޮޅުގެ ދަތުރުތައް އަންނަ މަހު ފަށާނެއެވެ.