ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މޭކަޕް ކޯހެއް ހިންގަން ނިންމައިފިއެވެ.

ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މިކަމަށް ކުރި އިއުލާނެއްގައި ބުނީ އެ ކޮމެޓީން އިންތިޒާމް ކޮށްގެން ބާއްވާ މޭކަޕް ކޯސް އޮންނާނީ އަންނަ އޯގަސްޓް މަހު ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.

Ad
rt

އެހެން ކަމުން މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި އަންނަ ޖުލައި މަހުގެ 15 ގެ ކުރިން ނަންނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ހުޅުވާލާފައެވެ.

ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މީގެކުރިން ވަނީ އަންހެނުންގެ ބާޒާރު ބާއްވަން ނިންމައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ބާޒާރު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ.

މި ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.

މީގެ ކުރިންވެސް މިކޮމެޓީން ވަނީ ހަރަކާތްތަކެއް ހިންގާފައެވެ. މީގެ ތެރޭގައި އަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ހިންގާފައިވާއިރު، އަންހެނުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭ ކޯހަކާއި އަދި ކަސްރަތު ޕްރޮގްރާމެއް ވެސް ވަނީ ހިންގާފައެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ޚާއްސަ ދުވަސްތައް ފާހަގަ ކުރުމާއި، އެ ދުވަސްތައް ފާހަގަ ކުރުމުގައި ކައުންސިލަށް އެއްބާރުލުން ދިނުމުގައި އެ ކޮމެޓީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.