ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. ފުނަދޫ އަށް ވަޑައުގެންފިއެވެ.

އެމަނިކުފާނު ފުނަދުއަށް ވަައިގެންނެވީ ދާދި ދެންމެ އަކުއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެންފައި މިވަނީ މި ހަފްތާ ބަންދުގައި ށ. ފުނަދޫ އާއި، ނ. ހޮޅުދޫއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ ދެ ރަށުގެ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާތަކުގައި ބައިވެރިވުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

Ad
rt

އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިއަދު ފުނަދޫ ކައުންސިލް މެމްބަރުންނާއި އަތޮޅު ކައުންސިލް މެމްބަރުންނާ ބައްދަލުކުރަން ހަމަޖެހިފައިވވެއެވެ. ސްކޫލްގެ ރަންޔޫބިލް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނީ މިރޭއެވެ.

އެމަނިކުފާނު ފުނަދޫ އަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންނާއި ކައުންސިލުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމަނިކުފާނު ހޮޅުދުއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުއެވެ. އަދި މާދަމާ ހޮޅުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާއިރު، އެރަށު މޭނާ ސްކޫލްގެ އަލިމަސް ޔޫބިލް ފާހަގަކުރުމުގ މާދަމާ ރޭގެ ހާއްސަ ޖަލްސާގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.