ރ. ދުވާފަރު ސިއްޙީ މަރުކަޒުން ފިހާރަތައް ޗެކުކޮށް، މުއްދަތު ހަމަވެފައިވާ ތަކެތި ނަގައިފި އެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، މި މަހުގެ 08 ވަނަ ދުވަހުން ފެށިގެން ދުވާފަރު ސިއްޙީ މަރުކަޒުގެ މުވައްޒަގުންނެވެ.

Ad
rt

އެމަރުކަޒުން ބުނީ މިހާރު ކުރިއަށް ގެންދާ ފިހާރަތައް ޗެކުކުރުމުގެ ޕްރޮގްރާމުގައި މިހާތަނަށް ބެލުނު ފިހާރަތަކުގެ ތެރެއިން ބައެއް ފިހާރަތަކުން މުއްދަތު ހަމަވެފައިވާ ތަކެތި ނެގިފައިވާކަމަށާއި ބައެއް ފިހާރަތަކުގައި އެއްވެސް މިންވަރަކަށް މުއްދަތު ހަމަވެފައިވާ ތަކެތި ނެތްކަން ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން ފިހާރަތަކުން ތަކެތި ގަތުމުގެ ކުރިން މުއްދަތު ހަމަވާ ތާރީޚް ޗެކުކޮށް އެ ގަންނަ އެއްޗަކީ ހަލާކުނުވެ ހުންނަ އެއްޗެއްކަން ކަށަވަރު ކުރެއްވުމުގެ މުހިއްމު ކަމާމެދު ފިހާރަތަކާއި ވިޔަފާރި ކުރާފަރާތްތައް ހޭލުންތެރި ކޮށްފައިވާކަމަށް އެމަރުކަޒުން ބުނެއެވެ.

މި ފިހާރަތައް ޗެކުކުރުމުގެ ޕްރޮގްރާމުގައި އިންސްޕެކްޝަން ކުރިއަށް ގެންދާއިރު ފިހާރަތަކުގެ ވެރިންނާއި މުވައްޒަފުން ދެއްވާ އެއްބާރު ލެއްވުމަށް ރ. ދުވާފަރު ސިއްޙީ މަރުކަޒުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ދުވާފަރުގެ ގިނަ ފިހާރަތަކެއް މިހާތަނަށް ޗެކު ކޮށްފައި ވާއިރު، މިހާތަނަށް ޗެކްކުރެވުނު ފިހާރަތަކަކީ ދީނާރު ޝޮޕް، ޝަ-އީކާ މާރޓް، އެން. އެމް ސްޓޯރ، ޓައިމްސް މާރޓް، ރާސްތާ މާރޓް، މިނަރެޓް، އޫނޯ ސްޓޯރ، ސްމައިލާ މާރޓް، ޚާލިސް، ރަން ރީފް ސްޓާރ، ޗިނޯ އެންޑް އެސް، ފެހިވިލާ މާރޓްގެ އިތުރުން ވީ ސްޓާރ ކަމުގައި ދުވާފަރު ސިއްޙީ މަރުކަޒުން ހާމަކުރައްވާފައި ވެއެވެ.