ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުންގެ ބާޒާރު ބާއްވަން ނިންމައިފިއެވެ.
މިގޮތުން ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މިހާރު ވަނީ ނަރުދޫ އަންހެނުންގެ ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ނަރުދޫ އަންހެނުންގެ ބާޒާރު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ.
މި ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.
މީގެ ކުރިންވެސް މިކޮމެޓީން ވަނީ ހަރަކާތްތަކެއް ހިންގާފައެވެ. މީގެ ތެރޭގައި އަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ހިންގާފައިވާއިރު، އަންހެނުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭ ކޯހަކާއި އަދި ކަސްރަތު ޕްރޮގްރާމެއް ވެސް ވަނީ ހިންގާފައެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ޚާއްސަ ދުވަސްތައް ފާހަގަ ކުރުމާއި، އެ ދުވަސްތައް ފާހަގަ ކުރުމުގައި ކައުންސިލަށް އެއްބާރުލުން ދިނުމުގައި އެ ކޮމެޓީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ފަހަކަށް އައިސް ޙަރަކާތްތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުން ގެންދަނީ ވަރަށް ތަފާތު ޙަރަކާތްތައް އަންހެނުންނަށް ޚާއްސަ ކޮށްގެން ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!