އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ މަކުނުދޫ ކައުންސިލުން ކުށްވެރިކޮށްފިއެވެ.
އެކަން ކުށްވެރިކޮށް މަކުނުދޫ ކައުންސިލުން މިދިޔަ ހޯމަ ދުވަހު ބަޔާނެއް ނެރެފައިވާއިރު އެ ބަޔާނަށް ތާއީދު ކުރަށްވާފައި ވަނީ، މަކުނުދޫ ކައުންސިލް ނައިބު ރައީސް ފާތިމަތ ޝިފާޒާ އާއި، އާދަމް ޝަރީފް، މުޙައްމަދު ޝައްމާޚްގެ އިތުރުން ތާހިރާ އަބޫބަކުރެވެ.
މި ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ޝަރުމާގެ އެ ވާހަކަ ތަކަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ދައްކާފައިވާ ވާހަކަ ތަކެއް ކަމަށް އެ ކައުންސިލުން ދެކެއެވެ.
އެހެން ނަމަވެސް މިފަދަ ދޮގު ވާހަކަ ތަކެއް ދެއްކުމަކުން އެކަލޭގެފާނުގެ ޝަޚުޞިއްޔަތަށް ކުޑަވެސް ކިލަނބުކަމެއް ނާންނާނެ ކަމަށާއި، އޭގެ ބަދަލުގައި އެކަލޭގެފާނުގެ ދިފާޢުގައި އިންޑިއާއާއި މުޅި ދުނިޔޭން އެތައް މިލިޔަން ބަޔަކު ނުކުންނާނެކަން މަކުނުދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މަކުނުދޫ ކައުންސިލުގެ ރައީސް ކަމުގެ މަޤާމުގައި އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކު ހުންނަވާ އިރު ދެން ތިއްބަވަނީ ޢަދާލަތު ޕާޓީގެ މެންބަރަކާއި ޕީޕީއެމްގެ މެންބަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!