ހއ. ދިއްދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން އިލެކްޓްރިކް ހައުސް ވަރިންގ ނުވަތަ ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ ކޯހެއް ހިންގުމަށް އިޢުލާންކޮށްފިއެވެ.
އަންނަ ނޮވެންބަރމަހުގެ ތެރޭގައި ދިއްދޫގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލުމަށް ދިއްދޫ ކައުންސިލުން ވަނީ އިޢުލާން ކޮށްފައެވެ. އެގޮތުން މިތަނުން ކޯހެއް ހަދަން ބޭނުންވާ ފަރާތްތަކުން ދިއްދޫ ކައުންސިލަށް ދުރުވެ ނުވަތަ އެކައުންސިލަށް ގުޅައިގެން ނަން ނޯޓު ކުރެއްވުމަށް ދިއްދޫ ކައުންސިލުން އެދިލައްވައެވެ.
އެއް މަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯސް ނިންމުމަށްފަހު 2 މަސް ދުވަހުގެ ތަމްރީން ކަމާއި ގުޅުންހުރި ސައިޓަކުން ހަދަންޖެހޭނެއެވެ. ކޯހުގައި ކަޔަވައިދޭނީ ދުވާލަކު 8 ގަޑިއިރެވެ. އެއީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މޯލްޑިވެސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ މިކޯސްތަކަކީ ލެވެލް 3 ގެ ކޯސްތަކެކެވެ. މިކޯސްތަކުގައި ބައިވެރިވާ ފަރާތްތަކުން ކޯހުގެ ފީ ދައްކަވަން ނުޖެހޭނެކަމަށް ދިއްދޫ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!