ސްކޫލް ކުދިންނަށް ހާއްސަ ކޮށްގެން ކުނި ވަކި ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ވެމްކޯއިން ފަށައިފިއެވެ.
މި ޕްރޮގްރާމް ފެށުމުގެ ފޮތުން މިއަދު ދެ ސްކޫލެއްގައި ވެމްކޯއިން ވަނީ ސެޝަންތައް ބާއްވާފައެވެ. އެއީ އިއްޒުއްދީން ސްކޫލާއި ރެހެންދި ސްކޫލެވެ.
ވެމްކޯއިން ބުނި ގޮތުގައި މި ޕްރޮގްރާމުގައި ކުދިންނަށް ފަސޭހަ ކަމާއެކު ކުނި ވަކި ކުރާނެ ގޮތްތައް ދަސްވެގެންދާނެ ކަމަށެވެ. އަދި ކުނި މަދު ކުރުމަށް ކުރެވޭނެ ކަންކަން ވެސް ދަސްކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވެމްކޯއިން ވަނީ އަންނަ މަހުން ފެށިގެން އުކާލާ ކުނި ވަކި ކޮށްފައި ބަހައްޓަން އަންގާފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ގޭބިސީތަކުން ތިން ކެޓަގަރީއަކަށް ކުނި ވަކި ކުރަން ޖެހޭއިރު އެހެނިހެން ރަށްރަށުގައި ހަތަރު ކެޓަގަރީއަކަށް ކުނި ބަހަން ޖެހޭނެއެވެ.
ކުނި ވަކި ކުރަން އެންގުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް އެއީ އިތުރަށް ދަތިވާނެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ފީ ބޮޑު ނުވާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!