އެންމަޑީގެ ބިޔަ އާބާދީއާއި އެކު މާމަކުނުދޫ އަތޮޅަށް ދުނިޔޭގެ ސަމާލުކަން ލިބެން ފަށައިފިއެވެ.

މަންޓާ ޓްރަސްޓްގެ ޓީމުން މި އަހަރުގެ މާޗްމަހު ހދ. މަކުނުދޫގައި އެއް މަސްދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ސާރވޭއަކަށްފަހު މުޅިން އަލަށް ސަތޭކައަށްވުރެ ގިނަ މަންތާ ނުވަތަ އެންމަޑި ރާއްޖޭގެ އެންމަޑީގެ ރަޖިސްޓްރީއަށް އިތުރު ކުރެވިފައިވާކަމަށް އެ ޖަމާޢަތުން ހާމަ ކުރެއެވެ.

Ad
rt

މުޅި ދުނިޔޭގައިވެސް ފަރުތަކުގެ ކައިރީގައި ދިރިއުޅޭ އެންމަޑީގެ ބާވަތް އެންމެ ގިނައީ ދިވެހިރާއްޖޭގައި ކަމަށް ބައިނަލް އަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ މަންތާ ޓްރަސްޓްއިން ވަނީ ހާމަ ކޮށްފައެވެ.

މި ސަރވޭގެ ޓީމާއި ވާހަކަ ދައްކަވަމުން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ، އެންމެ ދުވަހެއްގެ އެއް ވަގުތެއްގައި އެންމެ ޕޮއިންޓަކުންވެސް 45 - އާއި 50 އާއި ދެމެދުގެ ޢަދަދަކަށް އެންމަޑީގެ ބިޔަ އާބާދީއެއް މަކުނޫ ފަޅުތެރެއިން ފެނިފައި ވާކަމަށެވެ.

މަންޓާ ޓްރަސްޓްގެ ޓީމު ވަނީ މިކަމާއި ގުޅޭ ވީޑިއޯއެއް މީސްމީޑިޔާގައި ހިއްސާކޮށްފަ އެވެ.

މަންޓާ ޓްރަސްޓްއިން ބުނީ މަކުނުދޫގެ ރައްޔިތުންނާއި އެކު އެސަރަހައްދުގައި އުޅޭ އެންމަޑީގެ އާބާދީ ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. އެޓީމުން ވަނީ މަކުނުދޫގައި ހޭލުންތެރިކުރުމުގެ ތަފާތު ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

އެންމަޑީގެ މި ބިޔަ އާބާދީއާއެކު ލިބުނު މަޝްހޫރު ކަމަކީ މަކުނުދޫގައި ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް ފަހިވެގެންދާނެ އިތުރު ފުރުޞަތެއް ކަމަށް ޤަބޫލުކުރެވެއެވެ.