މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެފައިވާތީ އެކަން ކުށްވެރިކޮށް އަދި އެމްޑީއެން އުވާލުމަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ދަނީ ގޮވާލަމުންނެވެ.

އެގޮތުން މިހާތަނަށް އެމްޑީއެން އުވާލުމަށް ޖުމްލަ 57 ކައުންސިލަކުން ގޮވާލާފައިވާއިރު ތިލަދުންމަތީގެ 11 ކައުންސިލަކުން ވެސް މިވަނީ އެމްޑީއެން އުވާލުމަށް ގޮވާލާފައެވެ. އެގޮތުން އެމްޑީއެންގެ މައްސަލަ ފެންމަތި ވުމާއެކު ތިލަދުންމަތިން މިހާތަނަށް މިކަން ކުށްވެރިކޮށްފައި ވާ ކައުންސިލް ތަކަކީ

Ad
rt
  • 5-10-2019
  • ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލް
  • 6-10-2019
  • ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް
  • 7-10-2019
  • ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލް
  • ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލް
  • 13-10-2019
  • ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ކައުންސިލް
  • 14-10-2019
  • ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލް
  • 16-10-2019
  • ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް
  • 17-10-2019
  • ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލް
  • ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލް
  • 20-10-2019
  • ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލް
  • ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް

މި ކައުންސިލްތަކުން ވަނީ އެމްޑީއެންގެ ރިޕޯޓަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމުގައި ސިފަކޮށް، އެއީ ގާނޫނުތަކާ ވެސް ހިލާފު އަމަލެއް ކަމަށާއި އެކަމާ ގުޅިގެން ދައުވާ އުފުލަންޖެހޭ އެންމެހާ ފަރާތްތަކާ މެދު ލަސްނުކޮށް ފިޔަވަޅު އެޅުމަށާއި އެފަދަ އަމަލުތައް ތަކުރާރު ވިޔަނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެންމެހާފަރާތް ތަކަށް ގޮވާލާފައެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ މިހާރު ބަލަމުން އަންނަ އިރު، ރިޕޯޓުގެ މައްސަލައިގައި މިހާރު އެ ޖަމިއްޔާ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.މީގެ އިތުރުން މި ޖަމިއްޔާ އުވާލާ އެފަރާތަށް ފިޔަވަޅު އެޅުމަށް ދީނީ އިލްމުވެރިން ނާއި އެދުރުން ވެސް ދަނީ ގޮވާލަމުންނެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިކަމުގައި އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.