"ޙަޔާތުގެ ރަން އެއްހާސް ދުވަސް" ށ. އަތޮޅު ހޮސްޕިޓަލުގައި ފަށައިފިއެވެ.
"ޙަޔާތުގެ ރަން އެއްހާސް ދުވަސް" ޕްރޮގުރާމަކީ ކުޑަކުއްޖާގެ ޢުމުރުގެ ފުރަތަމަ އެއްހާސް ދުވަހާބެހޭ ގޮތުން މައިންބަފައިންނަށް އަދި މާބަނޑު މީހުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެކެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދެނީ ކުޑަކުއްޖާގެ ޢުމުރުން ފުރަތަމަ އެއްހާސް ދުވަސް ނުވަތަ 2 އަހަރުވުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުންނެވެ. އެދުވަސްތަކަކީ ކުއްޖާގެ ޢުމުރުގެ އެންމެ މުހިންމު ދުވަސްވަރު ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
"މިސާލަކަށް ހަ މަސްވަންދެން ހަމައެކަނި ގާތުން ކިރުދީފި ކަމަށްވާނަމަ އުމުރުން ދުވަސްވުމުން ޖެހޭ ބައެއް ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވޭ. މިފަދަ އެތައް ކަމެއް އެބަހުރި ކުއްޖާގެ އުމުރުން ފުރަތަމަ އެއްހާސް ދުވަސްތެރޭގައި ރަނގަޅަށް އަޅާލެވިއްޖެއްޔާ ކުއްޖާއަށް ފައިދާކުރާނެ"
ހޮސްޕިޓަލުން ވިދާޅިވިއެވެ.
މިސެޝަންތަކުގައި ކުޑަދަރިފުޅާއި މައިމީހާގެ ކެއުން އެ އެއްހާސް ދުވަހު ބަހައްޓަންވީ ގޮތާބެހޭ މަޢުލޫމާތު ވެސް ފޯރުކޮށްދެވޭނެއެވެ. އޭގެ އިތުރަށް އެ ދެމައިންގެ ސިއްޙަތާގުޅުންހުރި އެހެނިހެން މަޢުލޫމާތުތައްވެސް ލިބޭނެ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.
މި ސެޝަންތަކަކީ 3 އަހަރު ދުވަހަށް ހިންގޭ ކެވެނި ކެމްޕެއިން އާއި 2025 ވަނައަހަރާ ހަމައަށް އަންނައިރު ގައިންގަޔަށް ނާރާބަލި 25 އިންސައްތަ ދަށްކުރުމަށް ހިންގާ ކެމްޕޭން ގެ ދަށުން ހިންގާ ސިލްސިލާ ހަރަކާތްތަކެކެވެ. މި ޚާއްސަ ހަރަކާތުގައި އައިޖީއެމްއެޗާއި އޭޑީކޭގެ ޑައިޓީޝަނުން ވެސް މަޢުލޫމާތު ދައްވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!