ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފަސްޓްއެއިޑް ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.
މިއީ ކުރިނބީ ސިއްޙީމަރުކަޒާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 1400 ޖެހުމުގެ ކުރިން އެރަށުގެ ފޯކަލްޕޮއިންޓަށް ގުޅުއްވައިގެން ނަންނޯޓުކުރަން ޖެހެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ހަމައެކަނި 18 އަހަރުން މަތީގެ ބޭފުޅުންނަށެވެ.
ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މީގެ ކުރިން ވެސް ރަށުގެ އިޖުތިމާއީ ދުޅަހެޔޮކަމަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މިގޮތުން ރަށުގައި އުކާލެވޭ ކުނި އެޅުމަށް ރަށުގެ އެކި ހިސާބުތަކުގައި ޑަސްބިން ބެހެއްޓުމުގެ އިތުރަށް އެކި ދުވަސްތައް ފާހަގަ ކުރުމަށް ވެސް އެކޮމެޓީން އަންނަނީ ރަށުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!