ނ. ކެނދިކުޅުދޫއިން ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.
ކެނދިކުޅުދޫ ކައުންސިލުން ބުނީ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިހާރުކުރިއަށް ދާކަމަށާއި މިހާތަނަށް 7 ގޯއްޗެއް ވެރިފަރާތާއި ހަވާލުކޮށްފައި ވާކަމަށެވެ. އެހެން ފަހަރުތަކާ ޚިލާފަށް ކެނދިކުޅުދޫއިން މިފަހަރު ގޯތި ދޫކުރަނީ ކައުންސިލުން ގޯތިތައް ސާފުކުރުމަށްފަހު ކަންމުޑިވެސް އަޅައިދިނުމަށް ފަހުގައެވެ.
ކެނދިކުޅުދޫއިން މިފަހަރު ތިންހާސް އަކަފޫޓުގެ 227 ގޯތި ދޫކުރާއިރު، ކެނދިކޮޅުން 151 ގޯތި އަދި ކުޅުދޫއިން 76 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރު ގޯތި ދޫކުރާއިރު، ރަށުން ބޭރުން ކެނދިކުޅުދުއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް 29 ގޯތި ދޫކޮށްފައިވެއެވެ.
ކެނދިކުޅުދޫގެ ލޭންޑް ޔޫސް ޕްލޭން (ފޮޓޯ ޕީއެސްއެމް)
1981 މީހުން ދިރިއުޅޭ ކެނދިކުޅުދޫ އިިން އެންމެ ފަހުން ގޯތި 2013 ވަނަ އަހަރު ގޯތި ދޫކޮށްފައިވާއިރު، ކެނދިކުޅުދޫގައި މިހާރު 1367 މީހުން ދިރިއުޅެއެވެ.
މިހާރުވެސް ރަށުން 481 ގޯތި ދޫކޮށްފައި ވީނަމަވެސް މީހުން ދިރިއުޅެނީ 271 ގެއެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!