މާދަމާ ށ. ފުނަދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އޯޕަންޑޭ އެއް ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށްދާނީ މާދަމާ މެންދުރު 2 އިން ހަވީރު 5 އަށް ފުނަދޫ ކައުންސިލް ހޯލުގައެވެ.

Ad
rt

މި އޯޕަންޑޭ އަކީ އެމްޓީސީސީގައި ހުރި ވަޒީފާ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދީ ވަޒީފާއަށް އެދުމުގެ ފުރުސަތު ދޭން ބާއްވާ ހަރަކާތެކެވެ.

އެމްޓީސީސީގައު ހުރި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި ޑްރެޖް މާސްޓާ އާއި އޮޕަރޭޓަރާއި އޮޕަރޭޓާ ޓްރެއިނީ އާއި މެކޭނިކް އާއި މެކޭނިކް ޓްރެއިނީ އާއި ކްރޫގެ އިތުރުން ޓަގް އޮޕަރޭޓަރާއި އޮަޕރޭޓާ ޓްރެއިނީ އާއި ކްރޫ އާއި ވެލްޑަރާއި ޑްރެޖް ސުޕަވައިޒަރ ހިމެނެއެވެ. މި ވަޒީފާތަކަށް 12،000 އާއި 33،000 ރުފިޔާއާ ދެމެދުގެ މުސާރައެއް ވަނީ ކަނޑައަޅައިފައެވެ.

ފުނަދޫގައި ބާއްވާ އޯޕަންޑޭގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެމްޓީސީސީން އެދެއެެވެ.