ދޯންޏެއްގެ ބައެއް އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފްއިން ބުނީ، މިދޯނި އޮޔާ ދަނީ މާލެ އަތޮޅު އެރިޔަދޫ ރިސޯޓުގެ ދެ ނޯޓިކަލް މޭލު އުތުރުން، އިރުއުތުރަށް ކަމަށެވެ.

Ad
rt

މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރާކަމަށާއި އަދި ޚާއްޞަ ގޮތެއްގައި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާއިރު، އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ދޯންޏެއްގެ ބައެއް އޮޔާދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު 14:24 ހާއިރުއެވެ.