ހދ. މަކުނުދޫގެ އިޖުތިމާޢީ ސަރަހައްދުތަކަށް ކުނިނޭޅުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

މިކަމާއި ގުޅިގެން އިއްޔެ އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންމި ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

Ad
rt

އެ އިދާރާއިން އިތުރަށް ވިދާޅުވެފައި ވަނީ ފާއިތުވި ތަނުގައި ވެސް ތިން ފަހަރެއްގެ މަތީން އެ ރަށުގެ އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް އަމިއްލަ ފަރާތްތަކުން އިޖުތިމާއީ ސަރަހައްދުތަކުގައި ބަހައްޓާފައިވާ (ދަރު،ގާފުނި،ލަކުޑި) ފަދަ ތަކެތީގެ އިތުރުން އަމިއްލަ ފަރާތްތަކުން އެ ސަރަޙައްދުގައިވާ ރުއްގަސް ކެނޑުމުން އުފެދިފައިވާ ކުނިތައް ނެގުމަށް ކައުންސިލުން އިލްތިމާސް ކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް މިކަންކަން ހައްލުވެފައިނުވާތީ 19 މޭ 2022 ވާ ބުރާސްފަތި ދުވަހުގެ ކުރިން އިޖުތިމާޢީ ސަރަހައްދުތަކުގައިވާ ދަރު،ގާފުނި،ލަކުޑި، އަދި އަމިއްލަ ފަރާތްތަކުގެ (ކައުންސިލުން ހުއްދަ ނެގިގެން ބެހެއްޓިފައިވާ ތަކެތި ފިޔަވައި) އެންމެހައިތަކެތި ނަގައި ސާފްކުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކަނޑައެޅިފައިވާ މުއްދަތުގައި އެތަކެތި ނަގާފައި ނުވާނަމަ އެ ތަކެއްޗާއި މެދު ކައުންސިލުން ފެންނަ ގޮތަކަށް ޢަމަލު ކުރެވޭނެ ކަމުގައިވެސް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އެ ކައުންސިލުން ވިދާޅުވެފައި ވަނީ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއްކަމުން ކައުންސިލުން ކުރާ މިފަދަ އެންމެހާ މަސައްކަތްތަކުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން އެ އިދާރާއަށް ބޭނުންވާ ކަމަށެވެ.