އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުނުކުރުމަށް އެދެފި އެވެ.

ޗައިލްޑް އެންޑް ފެމިލީ ޕރޮޓެކްޝަން ސަރވިސަސް އިން މިއަދު ބުނީ މިކަމުގެ މަޢުލޫމާތު ލިބިގެން އެ ސަރވިސް އިން ދަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ރަށުގެ ކައުންސިލް އަދި ރަށުގެ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެމްބަރުންނާއި އެކު މަސައްކަތްކުރަމުންކަމަށެވެ.

Ad
rt

"ދައުރުވަމުންދާ ވީޑިއޯއަކީ ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރު ކުރާނެ ވީޑއޯ އަކަށްވެފައި އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ވީޑިއޯ އަކަށް ވުމުން މީސްމީޑިއާ އަދި އެހެނިހެން މަންސަތަކުގައި މި ވީޑިއޯ އާންމު ނުކުރަމަށް އިލްތިމާސްކުރަމެވެ."

ޗައިލްޑް އެންޑް ފެމިލީ ޕރޮޓެކްޝަން ސަރވިސަސް އިން ބުނެފައިވެއެވެ.

ދިވެހި ފުލުހުންގެ ޙިދުމަތުން މި މައްސަލަ ދަނީ ތަހުޤީޤުކުރަމުންކަމަށް ޗައިލްޑް އެންޑް ފެމިލީ ޕރޮޓެކްޝަން ސަރވިސަސް އިން ބުނެއެވެ.

ށ. އަތޮޅުގެ ރަށެއްގައި ސްކޫލު ކުދިންތަކެއް، ކުއްޖެއްގެ ގައިގައި ތަޅައި އަނިޔާކުރުމުގެ އިތުރުން އެ ކުއްޖާއަށް ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ އެރަށު ފުޓްބޯޅަ ކުޅޭ ސަރަހައްދުގައި ކުދިން ތަކެއް އެ ކުއްޖާ ވަލު ތެރެއަށް ގެންގޮސް އަނިޔާ ކުރާ މަންޒަރެވެ. އެ ވީޑިއޯގައި އެ ކުއްޖާ ގައިގައި ދަނޑިއެއް ކަަހަލަ އެއްޗަކުން ތަޅާތަން ފެނެއެވެ.