ހދ.އަތޮޅަށް އަމާޒުކޮށްގެން ހިންގޭ ވީ.އެސް.އާރ.ސީ ވޮލީބޯޅަ މުބާރާތުގެ ބައިވެރިވި ޓީމްތަކުގެ މެދުގައި ގުރުއަތުލުންލައިފިއެވެ.
މުބާރާތުގެ ގުރުއަތުލުން ކުރިޔަށްދިޔައީ ހުކުރު ދުވަހުގެރޭ 8:30 ގައި ނޮވެލް ރެސްޓޯރެންޓުގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޖުމްލަ 6 ޓީމް ބައިވެރިވެފައިވާ މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެ މެޗް ކުރިޔަށްދާނެކަމަށް ވަނީ ޝެޑިއުލް ކުރެވިފައެވެ.އެގޮތުން މިމަހުގެ25 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗް އޮންނާނީ އެދުވަހުގެ ހަވީރު16:00 ގައެވެ.މި މުބަރާތުގެ ދެވަނަ މެޗް ކުޅެން ހަމަޖެހިފައިވަނީ ރޭނގަނޑު20:00 ގައެވެ.ެ
ދެދަންފަޅިޔަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ލީގު މެޗްތައް އަންނަ މަހުގެ ދެވަނަ ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.މުބާތާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހު5 ވަނަ ދުވަހުއެވެ.

މި މުބާރާތް ކުރިޔަށްދާނީ 25 އޮކްޓޯބަރ އިން ފެށިގެން އަންނަމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހދ.ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައެވެ.މި މުބާރާތުގައި ފުރަތަމަ ބައްދަލުކުރަނީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް ހަނިމާދޫ އައި ޓީމް ފިނޭއެވ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!