ބުރާސްފަތި ދުވަހުގެރޭ އިނގިރޭސި ލީގުގައި އާސެނަލް ބަލިކޮށް ޓޮޓެންހަމް މުހިތްމު މޮޅެއް ހޯދައިފިއެވެ. މި މެޗުން ޓޮޓެންހަމް މޮޅުވީ 3-0 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ގޯލް ލިބުނު ޕެނަލްޓީއަކުން 22 ވަނަަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ހެރީ ކޭން އެވެ. ދެވަނަ ގޯލް 37 ވަނަ މިނެޓްގައި ހެރީކޭން ކާމިޔާބު ކުރީ ބޮލުން ގޯލް ތެރެއަށް ބޯޅަ ފޮނުވައިލައިގެންނެވެ.
މެޗުގެ ތިންވަނަ ގޯލް ދެވަނަހާފް ފަށައިގެން ދެވަނަ މިނެޓްގައި ޓޮޓެންހަމް އަށް ކާމިޔާބް ކޮށްދިނީ ސޮން އެވެ.
ގޯލާ އަމާޒުކޮށް 5 ހަމަލާ ޓޮޓެންހަމް ފޮނުވާލިއިރު އާސެނަލް ގޯލާ އަމާޒަށް ފޮނުވާ ލެވުނީ 4 ހަމަލާއެކެވެ.
މި މެޗުގައި ގޮނަވަގުތު ބޯޅަ ހިފާއްޓައިގެން މޮޅަށް ކުޅުނިީ ޓޮޓަމް އެވެ.
މެޗްގެ 26 ވަނަ މިނެޓްގައި ރޮބް ހޯލްޑިން އަށް ވަނީ ރީދޫ ކާޑެއް ދައްކާފައެވެ. އޭގެ 6 މިނެޓްފަހުން ދެވަނަ ރީދޫ ކާޑާ އެކު ރަތް ކާޑެއް ދައްކާ ވަނީ ދަނޑުން ފޮނުވާލައިފައެވެ.
މި ދެޓީމަށްވެސް ބާކީ ދެމެޗް އޮތްއިރު އާސެނަލް އޮތީ ޓޮޓެންހަމަ އަށްވުރު އިތުރަށް އެއްމެ ޕޮއިންޓެއް ހޯދައިގެން ތާވަލްގެ 4 ވަނައިގައެވެ.
އާސެނަލް މި މެޗް މޮޅުކޮށްލައިގެން ލީގް ގެ 4 ވަނަ ޔަގީން ކުރެވެން އޮތެވެ. އެހެންނަމަވެސް އާސެނަލް މައްޗަށް ކުރި ހޯދައި ޓޮޓެންހަމް ވަނީ ގަދަ ހަތަރަކަށް އެރުމު އުއްމީދު އާކޮށްފައެވެ.
އާސެނަލް އަށް ކުރިޔަށް އޮތް ދެމެޗަކީ ނިއުކާސަލް އަދި އެވަޓަން މެޗެވެ. ޓޮޓެންހަމް އަށް އޮތީ ބާންލޭ އަދި ނޯވިޗްސިޓީ މެޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!