ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ މަސައްކަތުގެ 88 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ބުންޏެވެ.

Ad
rt

މި ޕްރޮޖެކްޓަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހު ޝިޕްމެންޓް ވަނީ މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.

މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 59.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.