އެސޯސިއޭޝަން އޮފް އޭޝިޔަން އިލެކްޝަން އޮތޯރިޓީގެ(އޭއޭއީއޭ) ގެ އެގްރެކެޓިވް ބޯޑުގެ މެންބަރަކަށް ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ) ހޮވިއްޖެއެވެ.
އީސީން މިއަދު ވިދާޅުވި ގޮތުގައި އެ ކޮމިޝަން، އީސީއެމް އެގްޒެކެޓިވް ބޯޑަށް ހޮވިފައިވަނީ، އެ ޖަމިއްޔާގެ ޢާންމު ބައްދަލުވުމުގައި މެންބަރު ގައުމުތަކުގެ މެދުގައި ނެގި ވޯޓުގެ އިއްތިފާޤުންނެވެ.
ދިވެހިރާއްޖޭގެ އިތުރުން އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑަށް ހޮވިފައިވަނީ ރަޝިޔާ އާއި، ކަޒަކިސްތާން އަދި ފިލިޕީންސް އެވެ.
އެސޯސިއޭޝަން އޮފް އޭޝިޔަން އިލެކްޝަން އޮތޯރިޓީގެ މި ދައުރުގެ ރިޔާސަތު ބެލެހެއްޓުމަށް ޗެއާ އެއްގެ ގޮތުގައި ހޮވިފައި ވަނީ އަވަށްޓެރި އިންޑިއާ އެވެ. އަދި ވައިސް ޗެއާ ގެ ގޮތުގައި ތައިވާން އެވެ.
ފިލިޕީންސް ގެ ވެރިރަށް މެނީލާގައި އިއްޔެ ބޭއްވި އެ ޖަމިއްޔާގެ ޢާންމު ބައްދަލުވުމުގައި ރާއްޖޭގެ އީސީއެމް ފަރާތުން ބައިވެރިވެޑައިގެންފައި ވަނީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު، ނާއިބު ރައީސް އިސްމާޢީލް ޙަބީބު އަދި ކޮމިޝަނުގެ އެސިސްޓަންޓް ޑިރެކްޓަރ މަރްޔަމް ޝާހިޔާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!