ރާއްޖެ އައި ފަތުރުވެރިއެއްގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ވިދާޅުވީ، ވައިގެ މަގުން ރާއްޖެއައި ފަތުރުވެރިއެއްގެ އަތުން މަސްތުވާތަކެތި އެ އިދާރާއިން އަތުލައިގަންފައިވާ ކަމަށެވެ.
ކަސްޓަމްސްއިން މައުލޫމާތު ދެއްވިގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިތަކެތީގެ ބަރުދަނުގައި ޖުމްލަ 4.226 ކިލޯ ހުއްޓެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 21,000,000.00 (އެކާވީސް މިލިއަން) ރުފިޔާއަށް އަރައެވެ.
މި މައްސަލާގައި ހިމެނޭ މީހާ އާއި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަަމަށްވެސް ކަސްޓަމްސްއިން ހާމަކުރަށްވަ އެެވެ.
ކަސްޓަމްސް އިން ވަނީ އޭޕްރިލް 28 ވަނަ ދުވަހު ވައިގެ މަގުން އެތެރެކުރި ޕާރުސަލެއް ބަލާފާސްކޮށް، އޭގެ ތެރެއިން 1.363 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. މިތަކެތީގެ އަގު ބައި މިލިއަން ރުފިޔާއަށް އަރައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!