ހދ. ކުރިނބީގައި ތަރައްގީ ކުރަމުންދާ ކުޑަކުދިންގެ ޕާކަށް ކިޔާނެ ނަމެއް ހޯދުމަށް އާންމުން ޚިޔާލު ހުށަހެޅުމުގެ ފުރުޞަޠު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ކުރިނބީ ކައުންސިލުން ވިދާޅުވީ، އެރަށުގައި ތަރައްގީ ކުރަމުންދާ ކުޑަކުދިންގެ ޕާކަށް ކިޔާނެ ރީތި ނަމެއް ހޯދުމަށް އާންމުން ޚިޔާލަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ ކުރިން އެކަމަށް ޚާއްޞަކޮށްފައިވާ ފޯމް މެދުވެރިކޮށް ނަން ހުށަހެޅުމަށް އެރަށު ކައުންސިލުން އެދެއެވެ. އެ ފޯމް ކައުންސިލްގެ ވެބްސައިޓުންނާއި، ފޭސްބުކް ޕޭޖުން ފެންނަން ހުންނާނެއެވެ.
ކުރިނބީގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ މާރިޗް މަހު 21 ވަނަ ދުވަހުއެވެ.
ހާވިލާ ކާޕެންޓްރީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ ސޮއިކުރި ތާރީޚުން ފެށިގެން 58 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތަށް 224750 ރުފިޔާ ޚަރަދުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!