ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި، ތަފާތު ތަޖުރިބާތައް ތައިލޭންޑް ޑައިވް އެކްސްޕޯ 2022 ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އަދި އިންޑަސްޓްރީ ޕާޓްނަރުން އިޝްތިހާރުކުރަން ފަށައިފިއެވެ.

ބޭންކޮކް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގައި ބާއްވާ މި ހަރަކާތް ކުރިއަށް ދާނީ މޭ 5 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad
rt

ތައިލޭންޑް ޑައިވް އެކްސްޕޯ މިއީ އެޤައުމުގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ. މިއީ ޑައިވިން، އަދި އަންޑާވޯޓަރ އެކި ހިދުމަތްތަކާއި، ޕްރޮޑަކްޓްތައް ވިއްކާ، އަދި ގަންނަން ބޭނުން ފަރާތްތައް އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދޭ އިވެންޓެކެވެ.

މިގޮތުން މި އިވެންޓުގައި ދުނިޔޭގެ އެކި މަންޒިލްތަކާއި، ޑައިވް އަދި ވޯޓާ ސްޕޯޓްސް އިކުއިޕްމަންޓު އުފައްދާ ފަރާތްތައް، ޑައިވް ރިޒޯޓްތަކާއި، ޓޫރިސްޓް ބޯޑުތަކާއި، މެރިން ކޮންޒަވޭޝަން އަދި ޑައިވިން އޯގަނައިޒޭޝަންތައް ބައިވެރިވެއެވެ. މި ހަރަކާތުގެ ޒަރިއްޔާއިން އެއްބަޔަކު އަނެއްބަޔަކާ ބައްދަލުކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކޮށް ނެޓްވޯކްކުރުމުގެ ފުރުސަތު ލިބެއެވެ.

މި އިވެންޓުގައި ތައިލޭންޑުގެ ޓޫރިޒަމް އެޖެންސީތަކާއި، ލޯކަލް ޑައިވް ރިޒޯޓް، ޑައިވް އޮޕަރޭޓަރުން، ޑައިވް ސްކޫލް، އަދި ބޯޓު ބަންނަ ކުންފުނިތަކުގެ އިތުރުން ދުނިޔޭގެ ޑައިވް އިންޑަސްޓްރީއާ ގުޅުން ހުރި ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.

ދެކުނު އިރުމަތީ އޭޝިއާ ނުވަތަ ދެކުނު އިރުމަތީ އޭޝިއާ މާކެޓުގެ ފަތުރުވެރިންގެ ތެރެއިން ޑައިވްކުރުމާއި، ކަނޑުއަޑީގެ އެކި ކުޅިވަރުތައްކުޅެ ތަޖުރިބާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގާ ރީތި ޑައިވް ސައިޓްތައް ހުރިކަން އަންގައިދީ، ރާއްޖެއިން ލިބެން ހުންނަ ވޯޓަރސްޕޯޓްސް ތަޖުރިބާތައް ޕްރޮމޯޓުކުރުމުގެ މަޤްސަދުގައިކަމަށް ބުނެފައުވެއެވެ.

މި ހަރަކާތުގައި ސައުތު އޭޝިއާ މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް، އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް ހިއްސާކުރެވޭނެއެވެ. އަދި މަންޒިލުގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތަކުގެ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.