ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އުފަންވާ ކޮންމެ ކުއްޖަކަށް، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަދިޔާ ދޭންފަށައިފި އެވެ.

މިކެންޕޭން ފަށާފައިވަނީ މިއަދު އެވެ. މިއީ، އެސްޓީއޯއިން ކުރިއަށް ގެންދާ "އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް" ކެމްޕެއިންގެ ތެރެއިން، ކުރިއަށް ގެންދާ ހަރަކާތެކެވެ.

Ad
rt

“މިއަދ⁦ު އާރުއެޗްގައި މި ކެމްޕެއިން ފަށާފައިވާކަން އަޅުގަނޑުމެން ވަރަށް އުފަލާއިއެކު ދަންނަވަން. މިކެމްޕޭން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ.”

އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

"އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް" ކެމްޕެއިންގެ ތެރެއިން ފުވައްމުލައް ހޮސްޕިޓަލު‬⁩ގައި ވެސް މިއަދު މިކެމްޕެއިން ފަށާފައިވާކަމަށް ބުނެފައިވެއެވެ.

އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯއިން ހަދިޔާއެއް ދޭން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ފުރަތަމަ ދުވަހު އެވެ. އެ ގިފްޓް ހެމްޕާގައި ހިމެނޭ ހަދިޔާތަކުގެ ތެރޭގައި ހަގީޒްގެ ނެޕީ ޕެކެޓަކާއި ހަގީޒްގެ ވެޓް ވައިޕްސް ފައިން ޓިޝޫއާއި ޑެވޮންޑަލް މިލްކް ޕެކެޓެއް ހިމެެނެއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮށްޓަކާ އެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާ ބެހޭ މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ "ބޭބީ ބޮކްސް" ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުގެ ވައުދުގައި ވަނީ ބުނެފަ އެވެ.