ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް މއ. އަތަމާވިލާ، ޢަބްދުލްޣަފޫރު މުޙައްމަދު އަދި ފޮރިން ސެކްރެޓެރީގެ މަގާމަށް ހ. ސީވީޑް، އަޙްމަދު ލަޠީފު މިއަދު ހަމަޖައްސަވައިފިއެވެ
ޢަބްދުލްޣަފޫރު މުޙައްމަދު އެ މަޤާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ.
އަދި އަޙްމަދު ލަޠީފު އެމަޤާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުން ވަކިކުރައްވާފައެވެ. ލަޠީފް، ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުން ވަކި ކުރެއްވިއިރު ރައީސް ޞާލިޙް ވަނީ އެމަޤާމަށް ގ. ޕެންޒީމާގެ އައިޝަތު ޝާން ޝާކިރު އައްޔަން ކުރުމަށް މަޖިލީހަށް ނަން ފޮނުވާފައެވެ. އެކަން މަޖިލީހުގެ ރިޔާސަތުން ޢިއުލާން ކުރީ ހުސްވި އޭޕްރިލް މަހުގެ 25 ވަނަ ދުވަހު އޮތް ޖަލްސާގައެވެ.
ޝާން މިވަގުތު ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!