ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން، އޯޕީޑީ އިމާރާތް އެޅުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ މަސައްކަތުގެ 53 އިންސައްތަ ވަނީ ނިމިފައެވެ. އޯޕީޑީ އިމާރާތުގެ ކޮންކްރީޓް، ސްޓްރަކްޗަރަލް އަދި ރޫފިން މަސައްކަތްތައް ވެސް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން، ވޯރޑް އިމާރާތް އެޅުމާއި، އޯޕީޑީ އިމާރާތް އެޅުމާއި، އައިސީޔޫ ޔުނިޓް އެޅުމާއި، ލެބޯޓްރީ އިމާރާތް އެޅުމުގެ މަސައްކަތް ކުރާނެއެވެ.
ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން، އޯޕީޑީ އިމާރާތް އެޅުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެ. އަދި އޯޕީޑީ އިމާރާތުގެ ކޮންކްރީޓް، ސްޓްރަކްޗަރަލް އަދި ރޫފިންގ މަސައްކަތްތައް ވަނީ ނިމިފައި.#MTCCProjects #RayyithungeKunfuni pic.twitter.com/W05ou2YQ1T
— MTCC Plc (@MTCCPlc) April 26, 2022
މިއީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!