އިނގިރޭސިވިލާތުގެ "ޑިޕްލޮމެޓް މެގަޒިން" އިން ހޮވާ އޭޝިއާގެ މިއަހަރުގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަހްނާޒް ފައިސަލް ހޮވިއްޖެ އެވެ.
ޑރ. ފަރަހަނާޒަށް މި އެވޯޑް ލިބިވަޑައިގަތީ އޭޝިއާ އާއި އޯޝޭނިއާގެ ގައުމުތަކުގެ ޑިޕްލޮމެޓިކުންނާ ވާދަކުރައްވައިގެންނެވެ.
ޑރ. ފަރަހަނާޒަށް މި އެވޯޑް ލިބިވަޑައިގަތުމުން މަރުޙަބާ ދައްނަވަމުން ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ޢަބުދުﷲ ޝާޙިދު ވިދާޅުވީ، ރާއްޖޭގެ މަސްލަހަތު ހިމާޔަތްކޮށް ކުރިއެރުވުމަށް ޑރ. ފަރަހަނާޒް ކުރައްވަމުން ގެންދަވަނީ ފުރިހަމަ މަސައްކަތްތަކެއް ކަމަށެވެ.
ޑރ. ފަރަހަނާޒް ވަނީ ކުރިން ވެސް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު ފުރުއްވާފައެެވެ. އެއީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. މި ސަރުކާރުގައި ޑރ. ފަރަހަނާޒް އެ މަގާމަށް އައްޔަނުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުއެވެ.
1947 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ "ޑިޕްލޮމެޓް މެގަޒިން" އިން މި އެ ވޯޑުދިން މިއީ 12 ވަނަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!