ހއ. ދިއްދޫ ކައުންސިލާއި އެ ރަށު އިޖްތިމާޢީ މަރުކަޒުގެ ގުޅިގެން ކުރިޔަށް ގެންދާ "ދިއްދޫ ފުޓްސަލް މުބާރާތް 2022" ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މެއި މަހުގެ ހަތްވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބް ޖަމިއްޔާތަކަށެވެ.މި މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 18 އެޕްރީލް 2012 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ދިއްދޫ ކައުންސިލަށް ހުށަހެޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

Ad
rt

މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ޓީމު ލިސްޓް 24 އެޕްރީލް 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ދިއްދޫ ކައުންސިލަށް ހުށަހަޅަންޖެހެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގައި ޓީމް ލިސްޓް ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ފޯމް ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ލިންކް: https://docdro.id/YXaneBZ